Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުމާއި ހޫދު ހަވާލުވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަާން އިބްރާޙީމް ހޫދު (ކ) އަދި ރައީސް ޞާލިޙު -- ފޮޓޯ / ރައީސް އޮފީސް

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުމާ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓް އިބްރާހިމް ހޫދު ހަވާލުވެވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް މީގެ ކުރިން ހިންގަވަމުން ގެންދެވީ ސަބްރާ އިބްރާހިމް ނޫރައްދީނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކްލައިމެޓް އިމާޖެންސީ ގާނޫނުގެ ދަށުން އައްޔަން ކުރަން ޖެހޭ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖުގެ މަގާމަށް ސަބްރާ އައްޔަނު ކޮށްފައިވަނީ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރަޓަރީގެ މަގާމުން ވަކިކުރެއްވުމަށްފަހު ކަމަށެވެ.

އަދި އެ އޮފީސް ހިންގެވުން ހޫދާ ހަވާލުކުރައްވާފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. ހޫދު މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމުގައެވެ.