Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރައީސް ނަޝީދުގެ ފައިގެ އިތުރު އޮޕަރޭޝަނެއް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ކުރައްވާކަން އާއިލާއިން ހާމަކޮށްފިއެވެ.

ރައިސް ނަޝީދުގެ ކޮއޮކޯފުޅު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި ރައީސް ނަޝީދުގެ ފައިގެ އޮޕަރޭޝަނެއް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދެއްކާވަފައެއްނުވެއެވެ.

މި މަހުގެ 11 ވަނަ ދުވަހުވެސް ރައީސް ނަޝީދު ވަނީ ފައިގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދު ވަނި އޭޑިކޭ ހޮސްޕިޓަލުގައި ވެސް ގިނަ އޮޕަރޭޝަންތަކެއް ކުރައްވާފައެވެ. އަދި އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައިވައިރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެފައިވެއެވެ.