Last Updated: June 30, 13:05
Tuesday, June 30, 2026
ކުޅިވަރު

ނިއު ފޭދޫ ބަލިކޮށް ޗޭނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޗޭނު ޖަމިއްޔާގެ މުސަކޭ ނިއު ފޭދޫ ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން. މި މެޗް ޗޭނު ކާމިޔާބް ކުރީ 3-1 ލަނޑުން. ފޮޓޯ: އިބްރާހިމް ޒުހުރީ

މިހާރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ "ގްލޯބަލް ލިންކް ޗެލެންޖް"ގެ ގްރޫޕް ބީގެ ފުރަތަމަ މެޗްގައި ނިއުފޭދޫ އާއި މީދޫ ޗޭނު ޖަމިއްޔާ ކުޅުނު މެޗް 3-1 ލަނޑުން ޗޭނު ކާމިޔާބް ކޮށްފި އެވެ.

މެޗްގައި ފުރަތަމަ ލަނޑު 8 ވަނަ މިނިޓްގައި ޗޭނު ޖަމިއްޔާއަށް ކާމިޔާބުކޮށްދިނީ ޠޯހާ މުހައްމަދު ( ޓޮޓީ) އެވެ. ޗޭނުގެ ދެވަނަ ލަނޑު މެޗްގެ 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ މުސައްވިރު ( މޫސަކޭ) އެވެ.

މިމެޗްގައި ނިއުފޭދޫޓީމުން ޖަހާފައިވާ ލަނޑަކީ މެޗްގެ 34 ވަނަ މިނިޓްގައި މީދޫ ޗޭނުޓީމުގެ ނާހިދު އެޓީމުގެ ޕެނަލްޓީއޭރިއާގެ ތެރެއިން ގަސްތުގައި ބޯޅައިގައި އަތްލުމުން ނިއުފޭދޫޓީމަށް ލިބުނު ޕެނަލްޓީއަކުން ޖަހާފައިވާ ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިއުފޭދޫޓީމްގެ ހަސަން ޝިއުތެވެ.

ނިއުފޭދޫޓީމުން ޕެނަލްޓީއަކުން ލަނޑެއްޖެހިތާ މާގިނައިރެއްނުވަނީސް ޗޭނުޓީމުގެ ފޭދޫ ޓޮޓީއަށް ނިއުފޭދޫ ޕެނަލްޓީއޭރިޔާގެ ތެރެއިން ނިއުފޭދޫގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ޗޭނު ޓީމަށް ލިބުނު ޕެނަލްޓީން ޠޯހާ މުހައްމަދު ( ޓޮޓީ ) ފޮނުވާލި ބޯޅަ ނިއުފޭދޫގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މިމެޗްގައި ޗޭނުޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ އެޓީމުގެ ޓޮޓީ ފޮނުވާލި ބޯޅައެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ނިއުފޭދޫ ގޯލްކީޕަރު އިސްމާއީލް މާހިދު އަތުން މެޗްގެ 60 ވަނަ މިނިޓްގައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މިމެޗްގައި ނިއުފޭދޫޓީމްގެ ގޯލްކީޕަރު އިސްމާއީލް މާހިދަށާ ޗޭނުޓީމްގެ ނާހިދުއަށް ރީދޫ ކާޑު ދައްކާފައިވެއެވެ.
މިއަދު ކުޅެވުނު މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޗޭނުޓީމުގެ ފޭދޫ ޓޮޓީއެވެ.

މިމުބާރާތުގައި މާދަމާ ކުޅެވޭ މެޗަގައި ބައްދަލުކުރާނީ މީދޫ މުލިމަތިޓީމާއި ހުޅުދޫ ޔޫތު ފައުންޑޭޝަންގެޓީމެވެ . މިމެޗުން މުލިމަތިޓީމް ބަލިވެއްޖެނަމަ މުބާރާތުން ކަޓާ ފުރަތަމަ ޓީމަކަށް އެޓީމް ވާނެއެވެ. މާދަމާގެ މެޗަކީ ޔޫތު ފައުންޑޭޝަން މިމުބާރާތުގައި ކުޅޭ ފުރަތަމަމެޗެވެ.