Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކޮވިޑްގެ ދެ މަރެއް، ޖުމުލަ އަދަދު 205

ކޮވިޑް-19 ޖެހިގެން ރާާއްޖެއިން އިތުރު ދެ މީހުން މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 55 އަހަރުގެ އިންޑިއާ ފިރިހެނަކު ރޭ ދަންވަރު 01:30 ގައިމަރުވެފައިވާކަމަށެވެ.

އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭފަތިރި 05:19 ގައި މަރުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 205 ކަށް އަރާފައެވެ.