Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިޝްކާ މަރުގެ މައްސަލައިގައި މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރަނީ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 ޖެހިގެން މަރުވި އުމުރުން 10 އަހަރުގެ ފާއިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މި މައްސައިގައި މިނިސްޓަރު ނަސީމް ވަނީ މިމަހުގެ 7 ވަނަ ދުވަހުވެސް ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެހެންނަމަވެސް ތަހުގީގު ނިމި ރަނގަޅަށް މައުލޫމާތު އެއްކުރެވުމުން ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށާއި، އެކެމަށް ހަފްތާއެއް ވަރު ނަގާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ނަސީމް ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުން ތާވަލުކުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހަށެވެ.

އެމްބިއުލަންސް ފޮނުވުން ލަސްވެ ހިނގާފައިވާ މި މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީއަސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި މިމައްސަލައިގެ ކޭސްރިވިއު އެއް ހެލްތް މިނިސްޓްރީން ހަދާފައިވާއިރު ބޮޑެތި އިހުމާލުތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.