އައްޑޫސިޓީ ހުޅުމީދޫ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރިލް 29 ވަނަ ދުވަހުއެވެ.
ހުޅުމީދޫ މޮނިޓަރިންގެ ހާލަތު މިއަދު އުވާލާފައިވާއިރު، ފާއިތުވި ހަފްތާގައި އެ ރަށުން ނެގި އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިނުވެއެވެ. އަދި އެރަށުން ކޮވިޑަސް ޕޮޒިޓިވްވި މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 94 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، މަރަދޫގައި ދެ ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 97 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.