Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

"މެރޭ ޑޭޑް ކީ މަރޫތީ" މާޗް 15 ގައި ސްކްރީނަށް

ޔާޝްރާޖް ފިލްމްސް އިން މި އަހަރު ބެލުންތެރިންނާ ހަމައަށް ގެެނެސްދޭ ފިލްމަށް "މެރޭ ޑޭޑް ކީ މަރޫތީ" ހަމަޖައްސައި، އެ ފިލްމް މާޗް 15 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އާޝިމާ ޗިބާރު ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދޭ "މެރޭ ޑޭޑް ކީ މަރޫތީ" ގައި މުހިއްމު ރޯލްތައް އަދާ ކުރަނީ ޔާޝްރާގެ ޔޫތު ވިންގުން ގެނެސް ދީފައިވާ "މުޖްސޭ ފުރާންޑްޝިޕް ކަރޯގޭ" ގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ ސާގިބް އެވެ. އޭނާއަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ އަދި "ގޭންގް އޮފް ވަސޭޕޫރު" ފަދަ ފިލްމްތަކުން ފެނިފައިވާ ހުމާ ގްރައިޝީގެ ކޮއްކޮ އެވެ.

ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ "މެރޭ ޑޭޑް ކީ މަރޫތީ" ގެ ބަތަލާއަކީ އަލަށް ލޯންޗް ކުރާ ރިއާ ޗަކްރަބަތީ އެވެ. މީގެ އިތުރުން ޓީވީ ސިލްސިލާތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ރާމް ކަޕޫރު ވެސް މި ފިލްްމްގައި މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.