Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބީއެމްއެލް ސާވިސް ސެންޓަރުތައް މި ހަފްތާގައި ބަންދު

ބީއެމްއެލް ހެޑް އޮފީސް - ފޮޓޯ: ބީއެމްއެލް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ބީއެމްއެލްގެ ސާވިސް ސެންޓަރުތަކާއި ބްރާންޗުތައް މި ހަފުތާގައި ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ މި މުއްދަތުގައި ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުވި ނަމަވެސް ކާޑުތައް ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ ކަމަށެވެ.

އެގޮތުން ސެންޓަރުން ހިދުމަތް ދޭނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ. ހުޅުމާލޭގެ ބްރާންޗުން ކާޑުތައް ދޫކުރާނީ ބީއެމްއެލުން ބުނިގޮތުގައި ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ބީއެމްއެލްގެ ސާވިސް ސެންޓަރުތައް މި ހަފުތާގައި ބަންދުވި ނަމަވެސް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށާއި، އަދި އޮންލައިންކޮށް އަސާސީ ބޭންކިން ހިދުމަތް ވެސް ދޭނެ ކަމަށް ބޭންކިން މައުލޫމާތުދެއެވެ.