Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މާލެއިން ފެނުނު ހަރުފައެއް ހިފައިފި

މާލެއިން ފެނުނު ހަރުފައެއް ހިފައިފިއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ހަރުފަ ފެނިފައިވަނީ އިސްކަންދަރު މަގުގައި ހުރި ގުދަނަކުންނެވެ.

ހަރުފައެއް ފެނިގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ކުރުމުން ހަރުފަ ހިފާފައިވަނީ ސިފައިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފައިވާ ހަރުފައަކީ ވިހަ ގަދަ ހަރުފައެކެވެ.

ހަރުފައަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެއީ ރާއްޖެ އެތެރެކުރުން މަނާއެއްޗެކެވެ.

މިކަމުގައި ކަމާގުޅޭ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.