Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރާނީ ނަރީޝް

މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ފަރާތެއް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ކާމިޔާބު ކުރައްވައިފިއެވެ.

މާލެސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ފަރާތެއް ބެލުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވީ ނަރީޝްގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު އާއި ވިލިމާލެ ދައިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.

އެތެރޭގެ އިންތިހާބުގައި ނަހުލާ އަދި ޝުޖާއަށް ލިބިފައިވަނި ހަތަރު ވޯޓެވެ. އަދި ނަރީޝްއަށް ފަސް ވޯޓު ލިބިފައިވެއެވެ.

މާލެސިޓީ ޑެޕިއުޓީ މޭޔަރު ހޮވުމަށް މިމަހު 21 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.