ހުޅުމީދޫ އެމްޑީޕީ ކައުންސިލް ޕްރައިމަރީއަށް ފަހު ވަގުތު ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ދިދީ(އިބްރޭ) ކުރިމަތިލާން ނިންމައިފިއެވެ.
އިބްރޭ "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ ފަހު ވަގުތު ޕަރައިމަރީއަށް ވާދަ ކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށެވެ.
އިބްރާ ބުނީ އިއްޔެ 12 ޖެހި އިރު ފޯމް ހުށަހަޅާ މިހާރު ކެމްޕެއިން ކުރަމުން އަންނަ ކަމަށެވެ.
މާދަމާ ބާއްވާ ޕްރައިމަރީގައި އިބްރޭ އާއި ވާދަ ކުރަނީ އަވަށު ބޯޑުގެ ނައިބް ރައިސް އަލީ މުހައްމަދު (އައްދު)އެވެ.