Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމު ކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން - ފޮޓޯ: މިހާރު

ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަތީ ތައުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމު ކޮށްފިއެވެ.

ދާއިމީ ލިސްޓު ހަޔރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކޮށްފައިވަނީ ލޯނު ލިބޭ ދަރިވަރިންގެ ވަގުތީ ލިސްޓު އާންމު ކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުއެވެ.

ވަގުތީ ލިސްޓްގައި ލޯނު ލިބިފައިވަނީ 417 ދަރިވަރަކަށެވެ. ނަމަވެސް އެލިސްޓަށް ޝަކުވާ ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓްގައި ވަނީ 449 ދަރިވަރުންނަށް ލޯން ދީފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ލޯނު ލިބުނު ދަރިވަރުންގެ "ލޯން އެވޯރޑް ނޮޓިފިކޭޝަން" މިމަހުގެ 24 ވަނަ ދުވަހު ދަރިވަރުންނަށް އީމެއިލް ކުރާނެކަމަށެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖެއާއި ރާޢްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން މިއަހަރު ލޯނަށް އެދުމަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ލޯން ސްކީމުގައި 770 ފުރުޞަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކުރި 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކުރި 290 ޖާގައެވެ.