Last Updated: June 30, 13:05
Tuesday, June 30, 2026
ކުޅިވަރު

ޗޭނު ޖަމިއްޔާ ބަލިކޮށް މަލްޓީ ޖީނިއަސް ފެށުން ރަނގަޅުކޮށްފި

ޗޭނު އަދި މަލްޓީ ޖީނިއަސް ބައްދަލުކުރި މެޗް. މިމެޗް މަލްޓީ ޖީނިއަސް ކާމިޔާބް ކުރީ 3-0 ލަނޑުން. ފޮޓޯ: ޒުހުރީ

ގްލޯބަލް ލިންކްގެ ގްރޫޕް ބީގައި މީދޫ އެކުވެރިންގެ ޗޭން އާއި އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ މަލްޓި ޖީނިއަސް ބައްދަލު ކުރި މެޗް 3-0 ލަނޑުން ކާމިޔާބް އެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފެށި މިޗްގެ ފުރަތަމަ ލަނޑު ކާމިޔާބް ކޮށްދިނީ މަޝްހޫރު މިޑްފީލްޑަރ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. ބޮންޑާގެ މިލަނޑަކީ ޗޭނު ޖަމްއިއްޔާގެ އިލްހާމުއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު މަލްޓިޖީނިއަސް އަށް ދިން ޕެނަލްޓީއަކުން ބޮންޑާ ކާމިޔާބުކުރި ލަނޑެކެވެ.

މަލްޓިޖީނިއަސްގެ ދެވަނަ ލަނޑު މެޗްގެ 72 ވަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ ހަސަން ހާޒިނެވެ. އެޓީމުގެ ތިންވަނަ ލަނޑު މެޗްގެ 88 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ޒައީފެވެ.

މި މެޗްގައި ރެފްރީންގެ ފަރާތުން ބޮޑެތި މިސްޓޭކްތައް ހެނދުނުތަން ވަނީ ފެނިގޮސްފައެވެ. އެގޮތުން 67 ވަނަ މިނިޓްގައި މަލްޓި ޖީނިއަސް އަށް ދިން ޕެނަލްޓީވެސް ހިމެނެއެވެ.

ރެފްރީ ނިއުޝާދު މަލްޓިޖީނިއަސްއަށް ޕެނަލްޓީ ދިނުމަށް ނިންމިއިރު ދަނޑުގެ އިރުމަތީފަރާތުގައި ހުންނެވި ލައިންސްމަން ދިދަ ހިއްލައިގެ ހުރި ނަމަވެސް ރެފްރީ ލައިންސްމަނާއި ވާހަކަ ދައްކަ ނުދައްކާ ޕެނަލްޓީ ޖެހުވުމުން ޗޭނު ޖަމްއިއްޔާގެ ކުޅުންތެރީން ވަނީ ޕެނަލްޓީ ޖެހުމުން ވަރަށް މައްސަލަ ޖައްސާފައެވެ، އަދި މި ލަނޑާއި އެކު މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަން ފެނުނެވެ.

މީގެ އިތުރުން މެޗްގެ 70 ވަނަ މިނިޓްގައި މެޗްގެ ހުޅަގުފަރާތުގައިހުރި ލައިންސްމަނާއި މެޗްގެ ރެފްރީ ނިއުޝާދު މުހައްމަދު ވާހަކަ ދެއްކެމުމަށްފަހު ޗޭނު ޓީމަށް ކުޅެމުންދިޔާ ޠޯހާ މުހައްމަދަ (ޓޮޓީ) އަށް ރަތްކާޑު ދައްކަން ރެފްރީ މަސައްކަތްކޮށްފައިވާތަން ފެނިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް މެޗްކޮމިޝަނަރ ސާންތީ ރެފްރީ ނިއުޝާދާއި ދެއްކި ވާހަތަކަކަށްފަހު ރެފްރީވަނީ ޠޯހާ މުހައްމަދަށް ދައްކަން މަސައްކަތްކުރި ރަތްކާޑު ދެއްކުން ހުއްޓާލާފައި މެޗްކުރިއަށް ގެންގޮސްފައެވެ.

މުބާރާތުގައި މިއަދު މިއަދު ހަވީރު ކުޅޭނީ ހުޅުދޫ ޔޫތު ފައުންޑޭޝަން އާއި ދި ފޭދޫއެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:45 ގައެވެ.