Last Updated: April 19, 18:08
Friday, April 19, 2024
ޚަބަރު

ރައީސްގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު (އަހުމަދުބެ) އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދުބެ (55އ) އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށް ދުބާއީގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަޑުއެއްބަފާ 12 ބޭފުޅުން ތިއްބަވައެވެ. އޭގެ ތެރެއިން ލޯފަން 4 ބޭފުޅުން ތިއްބަވާ އިރު އަހުމަދުބެ އަކީވެސް ލޯފަން ބޭފުޅެކެވެ. އަހުމަދުބެވެސް ވަނީ ހާފިޒުކަމުގެ ކޯސް ކުރިއަށްގެންދަވާފައެވެ. ނަމަވެސް ސިއްހީ ސަބަބުތަކާއި ހެދި ފަހުން ވަނީ ހާފިޒު ކޯސް މެދުކަނޑާލައްވާފައެވެ.

އަހުމަދުބެގެ ޖަނާޒާއަށް އާއިލާގެ ބޭފުޅުން މިއަދު ދުބާއީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.