Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ކޮއްކޯފުޅު އަހުމަދުގެ ޖަނާޒާއަށް ރައީސް ދުބާއީއަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާން މިއަދު ހެނދުނު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރައީސް ސޯލިހު އަމިއްލަފުޅު ދަތުރެއްގައި މިއަދު ދުބާއީއަށް ފުރާވަޑައިގެންފައިވާ ކަމަށާއި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ކަމަށެވެ.

ރައީސް ސޯލިހުގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެެއްގައެވެ.