Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީސް

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމްއިން ވާދަކުރެއްވި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އިންތިހާބުވެއްޖެއެވެ.

ނަރީޝް ޑެޕިއުޓީ މޭޔަރއަކަށް އިންތިހާބުވީ އެމްޑީޕީން ވާދަކުރެއްވި މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޒަމީރާއި ވާދަކޮށް 12 ވޯޓު ހޯއްދަވައިގެންނެވެ. ޒަމީރަށް ލިބިވަޑައިގެންނެވީ 7 ވޯޓެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ވަނީ މާލެ ސިޓީ ކައުންސިލްގެ 13 ގޮޑި ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާ އިރު އެމްޑީޕީއަށް ކާމިޔާބުވެފައިވަނީ 6 ގޮޑިއެވެ.