Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

އެއާޕޯޓް ހިއްކުން މާދަމާ އަލުން ފަށަނީ!

ގަމުގެ އެއާޕޯޓް ރަންވޭ ދިގުކުރުމަށް ހިއްކާ ސަރަހައްދު. ފޮޓޯ: ޝަފީއު

ސ. ގަން އެއާޕޯޓްގެ ރަންވޭ ދިގު ކުރަން ހިއްކަމުން އަންނަ ބިމުގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު މާދަމާ އަލުން ފަށާކަމަށް ހަބަރު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދުބާއީގެ ގަލްފް ކޮބްލާއިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަސައްކަތް ހުއްޓާލާފައިވަނީ ފައިސާގެ ތާށީކަމެއް ދިމާވެގެންނެވެ، އަދި މަސައްކަތް ހުއްޓާލާފައި އޮންނަތާ 2 ހަފްތާ ވަރުވެދާނެއެވެ.

މި މަސައްކަތް މެދުކެނޑުނު އިރު، ހިއްކަން ޖެހޭ ބިމުގެ 30 ޕަސެންޓް ވަނީ ނިންމައިފަ އެވެ..

އެނގިފައިވާ ގޮތުގައި ފައިސާގެ ތާށިކަން ދިމާވެގެން، މަސައްކަތަށް ބޭނުން ކުރާ އުޅަނދުތަަކަށް ބޭނުންވާ ތެޔޮ ގެތުމަށް ކޮބްލާ އަށް ވަނީ ދަތިތަކެއް ދިމާވެފައިވެ އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މަސައްކަތް ފަށާތާ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.7 މިލިއަން ޑޮލަރަށެވެ.