Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަރާލި ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ

މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.

ހުޅުމާލެ ފޭސް 2 ގެ މޫދުތެރެއިން ފޮށްޓަކަށް ލާފައި އޮށްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ފުލުހުން ބުނެފައިވަނި އެ ކުއްޖާގެ މޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ. އެ ސަރަހައްދުގެ ބޮޑުބައެއް ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.