ގްލޯބަލް ލިންކް ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދިފޭދޫ ސްޕޯޓްސް ގޮސްފިއެވެ.
ދި ފޭދޫ ސެެމީއަށް ދިޔައީ ހުޅުދޫ ޔޫތު ފައުންޑޭޝަން އާއި ވާދަކޮށް 3-0 ލަނޑުން މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.
މެޗްގައި ޖެހި 3 ގޯލް ވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. މެޗްގެ ފުރަތަމަ ލަނޑު 22 ވަނަ މިނިޓްގައި ޖަހާދިނީ މަޒިއާއަށް ކުޅޭ އިބްރާހިމް ޝިހާމް (ކުޑަ ތޮއްޑޫ)އެވެ. ދެވަނަ ލަނޑު 27 ވަނަ މިނިޓްގައި ޖަހާދިނީވެސް ކުޑަ ތޮއްޑޫއެވެ.
ދިފޭދޫގެ ތިންވަނަ ލަނޑު 33 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް މުހައްމަދެވެ.
މިމެޗްގައި ވެސް ރެފްރީގެ ފަރަތުން ގިނަ ގޮސްތަކެއް ވަނި ފެނިގޮސްފައެވެ. ރެފްރީގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ސަބަބުން ހުޅުދޫ ޔޫތު ފައުންޑޭޝަންގެ ދެކުޅުންތެރިންނަށް ވަނީ ރަތްކާޑް ދައްކާފައެވެ. އެގޮތުން ހުޅުދޫ ފައުންޑޭޝަންގެ ބިއްޑޭއަށާއި މުހައްމަދު ލިޒްވީނު އަށް ވަނީ ރަތް ކާޑް ދައްކާފައެވެ. ބިއްޑޭއަށް ރަތް ކާޑް ދެއްކުމުން ރެފްރީ އާއި ދިމާކުރުމަށް މަަސައްކަތް ކުރުމުން ޓީމުގެ ކުޅުންތެރިން ވަނީ ބިއްޑޭ ކޮންޓްރޯލް ކޮށް ދަނޑުން ފޮނުވާލާފައެވެ.
ރެފްރީގެ ނިންމުން ތަކާއި ދެކޮޅު ހެދުމުގެ ސަބަބުން އަހުމަދު ސައީދު (އައްމަޓީ) އަށް ވަނީ ރީދޫ ކާޑް ދައްކާފައެވެ.
ގްރޫޕް އޭގެ ދެވަނަ ލިބެނީ މީދޫ މުލިމަތި ޔުނައިޓެޑްއަށެވެ. އެޓީމްވަނީ ހުޅުދޫ ޔޫތު ފައުންޑޭޝަން އާއި ވާދަކޮށް 2-0 މޮޅުވެފައެވެ.
ގްރޫޕްބީގެ ސެމީގެ އެއްވަނަ ޓީމް ކަނޑައެޅޭނީ މާދަމާ ކުޅޭ ހިތަދޫ މަލްޓި ޖީނިއަސް އާއި ނިއު ފޭދޫ މެޗްގެ ނަތީޖާއިންނެވެ. މަލްޓީ ޖީނިއަސް މޮޅުވެއްޖެނަމަ އެޓީމް ވާދަކުރަން ޖެހޭނީ މީދޫ މުލިމަތި ޔުނައިޓެޑް އާއިއެވެ. ދި ފޭދޫ ވާދަކުރަން ޖެހޭނީ މީދޫ ޗޭނު ޖަމިއްޔާއާއިއެވެ.