Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

އިނާޒް ހިތަދޫ އުތުރު ދާއިރާއިން ކައުންސިލަށް

އައްޑޫ ސިޓީ ކައުންސިލް ހިތަދޫ އުތުރު ދާއިރާއިން ކައުންސިލަށް އަދާލަތު ޕާޓީން އިނާޒް މުހައްމަދު ދީދީ (އިނު) ނިކުންނަށް ނިންމައިފިއެވެ.

އިނާޒް ކައުންސިލަށް ކުރިމަތިލާން ނިންމި އިރު އެދާއިރާއިން ވާދަ ކުރަން ޖެހޭނީ މިހާރު ވެސް އެދާއިރާ ތަމްސީލް ކުރާ އައްޑޫ މިހާރު މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އާއިއެވެ.

އެކައުންޓިން ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ އިނާޒް އަކީ ހިތަދޫ މަޝްހޫރު ވިޔަފާރިވެރިއާ ނިޔާޒް މުހައްމަދު ދީދީގެ ކުއްޖެކެވެ.

އިނާޒްވަނީ މީގެ ކުރިން ހިތަދޫ ރީޖަނަލް ބަނދަރުގެ ފައިނޭންސް ޑިޕަޓްމަންޓްގައި މަސައްކަތްކޮށްފައެވެ.