Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކުޑަކުއްޖާގެ މަރު: 27 އަހަރުގެ މީހާއަށް ޖިންސީ ގޯނާގެ ތުހުމަތު

މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުވެސް ކޮށްފިއެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވާ ޖޫން 21 ވަނަ ދުވަހުގެ ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ފެނިފައިވަނީ ހުޅުމާލެ ފޭސް 2ގެ މޫދުން ފޮއްޓަކަށްލާފައި އޮށްވައެވެ.

މިމައްސަލައިގައި ފުލުހުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ އިބްރާހިމް ޒިހާން، ނ. ލަންދު އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަރީއަތް ނިމެންދެން ޒިހާން ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރި ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޒިހާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.