ކޮވިޑް-19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ބަދަލުތަކާއެކު ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބަހެއްޓޭ ގަޑިއަށް ބަދަލުގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދެވޭނީ 08:00 އިން ހަވީރު 06:00 އާ ހަމައަށްކަމަށެވެ. އަދި ކާފިއު ވަގުތުގައި ފުލުހުންގެ ހުއްދައާއެކު 06:00 އިން ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށެވެ.
މީގެ އިތުރުން ފިހާރަތަކަށްވެސް ވަދެ ވިޔަފާރި ކުރެވޭނީ 08:00 އިން ހަވީރު 06:00 އާ ހަމައަށްކަމަށެވެ. އަދި ކާފިއު ވަގުތުގައި ފުލުހުންގެ ހުއްދައާއެކު 06:00 އިން ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައިވާއިރު، ކާފިއު ވަގުތު ވަނީ ހަވީރު 06:00 އިން ފަތިހު 04:00 އާ ހަމައަށް ބަދަލުކޮށްފައެވެ.