ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބުނި މައްސަލައިގައި ސިޔާމަށް ނަސޭހަތް ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ކަރާމާތާއި ގަދަރާއި އަބުރު ދެމެހެއްޓޭނެހެން މެމްބަރުންގެ އަމަލުތައް ބެހެއްޓުމަށް، ސިޔާމް ދެއްކެވި ފަދަ ވާހަކަތަކެއް ތަކުރާރު ނުކުރެއްވުމަށް މީދޫ ދާއިރާގެ މެމްބަރު ސިޔާމަށް ނަސޭހަތްތެރިވާކަމަށެވެ. އަދި އެކަން ލިޔުމަކުން މެމްބަރަށް ފޮނުވާނެކަމަށްވެސް ވިދާޅުވިއެވެ.
ހިސާނަށް ހަޑިހުތުރު ބަހުން ސިޔާމް މުހާތަބު ކޮށްފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތުއެވެ. އަދި އޭގެފަހުން ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ހިސާންގެ ފަރާތުން މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުމުން ރިޔާސަތުން ވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށާއި ފުލުހަށް އަދި ޑިފެންސް މިނިސްޓްރީއަށް ހުށަހަަޅާފައެވެ.
އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބެލުމަށްފަހު ނިންމާފައިވަނީ ސިޔާމް ހިސާންގެ ކިބަިއން މާފަށް އެދުމަށާއި، ސިޔާމަށް ނަސޭހަތްތެރިވުމަށެވެ.