Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ދެ ލެޕްޓޮޕާއި ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

މާލޭގެ ގެއަކުން ދެ ލެޕްޓޮޕާއި ހާޑް ޑިސްކަކާއި ފޯނެއް ވަގަށްނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާއަކީ މާލޭގެ ގެއަކުން ދެ ލެޕްޓޮޕާއި ހާޑް ޑިސްކަކާއި ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (487895) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.