Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަންހެން ކުދިން ހިތާނު ކުރަން ޑރ. އިޔާޒް ހިތްވަރުދޭ މައްސަލަ މަޖިލީހަށް

އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ޑރ. މުހައްމަދު އިޔާޒް ޓްވީޓް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޑރ. އިޔާޒްގެ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

މީކާއިލް މަޖިލީހަށް ހުށަހަށާފައިވާ މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު، އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) ފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

އަދި އެއީ ދިވެހިރާއްޖޭގައި އަންހެނުން ނުރަކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މީކާއިލް އެދިފައިވަނީ މިމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބެލުމަށެވެ.