Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަޖިލީހުގެ ދެވަނަ ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ދަންމާލައިފިއެވެ.

މަޖިލީހުގެ ދެވަނަ ދައުރު ދަންމާލައިފައިވަނީ ޖުލައި އަށްވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ދަންމާލާފައިވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓުންނެވެ.

މިދައުރު ދަންމާލުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވާފައިވަނީ ކޮމިޓީތަކުން ނިންމަންހުރި ގިނަ މައްސަލަތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މަޖިލީހުގެ ކޮމިޓީތަކުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީ ހިމެނެއެވެ. 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލުމަށް ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިވަގުތު ކުރިއަށްގެންދަމުން އަންނަނީ އޮންލައިންކޮށެވެ.