Last Updated: June 30, 13:05
Tuesday, June 30, 2026
ކުޅިވަރު

މަލްޓި ޖީނިއަސް ސެމީއަށް

ފޮޓޯ: ވީއޯއެމް.

ގްލޯބަލް ލިންކް ޗެލެންޖްގެ ގްރޫޕް ބީ އިން އެއްވަނަ ޓީމެއް ގޮތުން ހިތަދޫ މަލްޓި ޖީނިއަސް ސެމީއަށް ދަތުރުކޮށްފިއެވެ.

މީދޫ ބޯޅަ ދަނޑުގައި އިއްޔެ މަލްޓީ ޖީނިއަސް އާއި ނިއު ފޭދޫ ބައްދަލު ކުރި މެޗް 8-1 ލަނޑުން މަލްޓި ޖީނިއަސް ވަނީ މެޗް ކާމިޔާބް ކޮށްފައެވެ.

މަލްޓިޖީނިއަސްއިން ޖެހި 8 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިގެން މިމުބާރާތުގައި ހަދާފައިވާ ފުރަތަމަ ހެޓްރިކް ހަދާފައިވަނީ ޝަންވީލް ގާސިމް (ބޮންޑާ) އެވެ. ބޮންޑާގެ އިތުން ބެންޖޯވަނީ 2 ލަނޑު ޖަހާފައެވެ.

މަލްޓީ ޖީނިއަސްގެ ބާކީ ލަނޑުތައް ޖަހާދީފައިވަނީ ހަސަން ހާޒިގާއި މުހައްމަދު އަހުމަދު އަދި އިބްރާހިމް ޝާހިދު އެވެ.

މިމެޗްގައި ނިއުފޭދޫޓީމުންޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ސައީދެވެ. ގްރޫޕް ބީ އިން ސެމީއަށް ދެން ގޮސްފައިވަނީ މީދޫ އެކުވެރިންގެ ޗެއިންއެވެ.

މާދަމާ މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލު ކުރާނީ ދިފޭދޫ އާއި މީދޫ ޗޭން ޖަމިއްޔާއެވެ، އަދި މި މަހުގެ 4 ވަނަ ދުވަހު މަލްޓީ ޖީނިއަސް ބައްދަލުކުރާނީ މީދޫ މުލިމަތި ޔުނައިޓެޑް އާއެވެ.