ސ. މަރަދޫ، ކަށިމާގެ، އަބްދޫފ ސިއްދީގްއަށް ރާއްޖޭގެ ޝަރްއީ ކޯޓު ތަކުގައި ވަކާލަތު ކުރުމުގެ ހުއްދަ މިއަދު ދީފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިއްދީގުގެ އިތުރުން 6 މީހަކަށް ވަނީ ވަކާލާތު ކުރުމުގެ ހުއްދަ ދީފައެވެ. މި ވަކީލުން ހުވާކޮށްފައިވަނީ އޭޖީ މުހައްމަދު އަނިލްގެ އަރިހުގަ އެވެ. އަދި ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
މިއަދު ހުއްދަ ދިން ވަކީލުންނަކީ ދ. ކުޑަހުވަދޫ މެޑޯޒް، އަލީ ޒައިދާއި ގއ. ދާންދޫ، ލަކީ ހޯމް، ނިމާލް މުހައްމަދާއި މ. ރިކިލި، އައިމިނަތު ނަޒްމާ އާއި ފުވައްމުލަކު، މާވާގޭ، ނާސިހާ ހަސަން ދީދީ އާއި ސ. ހުޅުދޫ ކަންމަތީގޭ، ފާތިމަތު ޝިނާޒާ އާއި ސ. މަރަދޫ، ކަށިމާގޭ، އަބްދުﷲ ސިއްދީގާއި، ގދ. ރަތަފަންދޫ، މުސްތަރީގޭ، ނަސްރުﷲ މުސްތަފާ އެވެ.
މި ހަތް ބޭފުޅުން މިއަދު ހުވާ ކުރެއްވުމުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލުންގެ ގޮތު ވަކާލާތު ކުރުމުގެ ހުއްދަ 696 ގާނޫނީ ވަކީލުންނަށް ވަނީ ދޫކޮށްފަ އެވެ.