Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ތަން ބެލުމުގެ ފުރުސަތު ދެނީ

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ތަން ބަލާލުމުގެ ފުރުސަތު ހަމަޖެއްސުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހިޔާ މަޝްރުއުގެ ދަށުން ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓް ދެއްކުމުގެ ފުރުސަތު ޖޫން 26 އިން ފެށިގެން ޖުލައި 4 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ފުލެޓުތައް ދެއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ފުލެޓަކުންވެސް، ފުލެޓު ބެލުމުގެ ފުރުޞަތު ދެވޭނީ ގިނަވެގެން ދެފަރާތަކަށް ކަމަށާއި، ފުލެޓު ބަލަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަސް އެޗްޑީސީން ބުނެފައިވެއެވެ. އަދި ފުލެޓު ބަލަން ވެރިފަރާތައް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން، ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހޭނެއެވެ. ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ފުލެޓު ބަލަން އަންނަ ފަރާތްތަކުގެ ހާޒިރީ ގައި ނަން ނޯޓުކޮށް ސޮއިކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އަމިއްލަ ގަލަންފަދަ ތަކެތި ގެންދަން އެޗްޑީސީ އިން އެދިފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މި ފުރުސަތުގައ ފްލެޓް ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފްލެޓް ދެއްކުން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރާ ދުވަހުކަމަށެވެ. އެޗްޑީސީ އިން ބުނީ މި ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަޤުޞަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި، ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުސަތު ދިނުން ކަމަށެވެ.