ދިވެހި ބަހާއި ތާރީހަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ލިޔުންތެރިޔާ މުހައްމަދު ނަސީރު (މާޅޮހު ނަސީރު) އަވަހާރަ ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާޅޮހު ނަސީރު އަވަހާރަވީ ކޮވިޑް-19 އާ ގުޅިގެން ފުއްޕާމޭގެ މައްސަލައެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯއްދެއްވިތާ ހަފުތާއެއް ފަހުން ރޭ މެންދަމު 1:30 ހާއިރު އެވެ. އޭނާގެ ޖަނާޒާ މިއަދު ހެނދުނު 7:00 ޖެހިއިރު އާސަހަރާގައި ބާއްވާފައިވެއެވެ.
ނަސީރަކީ ތާރީހީ ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ ފަރާތެކެވެ. އެގޮތުން ރީތި ގިނަ ޅެންތަކެއް ހިމެނޭ ބައެއް ފޮތްތައް ނެރުއްވާފައިވާއިރު އުރުދޫ، އަރަބި، އިނގިރޭސި ބަސްތަކުގެ ތަރުޖަމާއެއް ހިމެނޭ ދިވެހި ރަދީފް ފޮތެއް ނެރުއްވާފައިވެ އެވެ.
މީގެ އިތުރުންވެސް ގިނަ ލިޔުންތައް ލިޔުއްވާ އަދަބީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.