ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ބޭންކްތައް ހުޅުވާނީ ދެ ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އަޟްހާ އީދާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދުގައި އެ އޮތޯރިޓީ އާއި ބޭންކުތައް ހުޅުވާފައި ހުންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކަމަށެވެ.
އީދު ބަންދުގައި ހުޅުވާ ދެ ދުވަހު ބޭންކިންގެ ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށާއި، ސިޓީ އާއި އެހެނިހެން ލިޔުންތަކަށް ވެސް މި ވަގުތުތަކުގައި ބަލައިގަންނާނެ ކަމަށެވެ.
މިއަހަރުގެ އަޟްހާ އީދު ބަންދު ވާނީ ޖުލައި މަހުގެ 18 އިން 27 ގެ ނިޔަލަށެވެ.