Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ލިބިފައިވާ އަނިޔާތައް ގިނަ، މަސައްކަތްކުރަނީ ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް: ރައީސް ނަޝީދު

ބޮމުގެ ހަމަލާއިން ލިބުނު އަނިޔާތަައް ގިނަ ނަމަވެސް މަސައްކަތްކުރަނީ ހެޔޮ ހާލުގައި ރާއްޖެ ދިއުމަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ހަމަލާގެ ސަަބަބުން ލިބުނު އަނިޔާތައް ގިނަ ކަމަށެވެ.

އެހެންނަމަވެސް މަސައްކަތް ކުރަނީ މާތްالله ގެ ރަހުމަތްފުޅާއެކު އަނިޔާތަކުން އަރައިގަނެ، ވީ އެންމެ އަވަހަށް ރާއްޖެ ދިއުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ބޮމުގެ ހަމަލާއިން ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާ ދީފައިވާއިރު އޭޑީކޭގައި ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ކުރައްވާފައިވެއެވެ.

އަދި މިހާރު އިތުރު ފަރުވާއަށް ޖަރުމަނުގައި ހުންނެވިއިރު ފައިގެ އޮޕަރޭޝަންތަކެއް ކުރައްވާފައިވާކަމަށާއި، ފައިގެ އަނިޔާ ފިޔަވާ އެހެން ޒަހަމްތައް ރަނގަޅު ވެފައިވާކަމަށް އާއިލާއިން މައުލޫމާތުދެއެވެ.