Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

އާ އިންޖީނު ގެނެސް އިންސްޓޯލް މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ އައްޑޫގެ އިސްބޭފުޅުންތަކެއް، ފޮޓޯ: ފެނަކަ

އައްޑޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އައްޑޫއަށް ފޮނުވި 800 ކިލޯ ވޮޓްގެ އިންޖީނު ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޖީނުގެއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ރީޖަނަލް ޑައިރެކްޓަރ ހުސެއިން ޒަރީރް ވިދާޅުވީ އިންޖީނު ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ. އަދި މި އިންޖީނު އިންސްޓޯލް ކޮށް ނިމުމުން ކަރަންޓް ކެޑުމުގެ މައްސަލަ ހައްލުވާނެކަމަށެވެ.

ޒަރީރް އިތުރަށް ވިދާޅުވީ އިންޖީނުގޭގައި ބަހައްޓާފައި ހުރި އިތުރު 2 އިންޖީނަކަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްޕެއާ ލިބި އިންޖީނުތައް ހިންގަން ފެށުމުން ކަރަންޓްގެ މައްސަލަ މުޅިން ހައްލުވާނެކަމަށެވެ.

ފެނަކަ ކޯޕަރެޝަންގެ އެމްޑީކަމާއި ދެވަނަ ފަހަރަށް ހަވާލުވި މުހައްމަދު ނިމާލް ވަނީ އައްޑޫގެ ކަރަންޓްގެ ހާލަތު ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމަށް ބުނެފައެވެ.