Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ބިދޭސީ ޓީޗަރުންގެ ޕީސީއާރު ޓެސްޓަށް ޗާޖު ނުކުރަން އަންގައިފި

ޝަރަފުއްދީން ސްކޫލްގެ ޓީޗަރުން، ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ،، ފޮޓޯ: ޝަރަފުއްދީން ސްކޫލް

ބިދޭސީ ޓީޗަރުން ޗުއްޓީގައި ރަށަށް ފުރާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓަށް ޗާޖު ނުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.

ޓީޗަރުންގެ ޕީސީއާރު ޓެސްޓު ފްރީ ކޮށްދިނުމަށް ހެލްތު މިނިސްޓްރީއަށް އަންގގާފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓު އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި ނެތުމާއި ގުޅިގެން އެކަމުގެ ހައްލެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމާއި ގުޅިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމުއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުން ޖޫން 24 ވަނަ ދުވަހުން ފެށިގެން ފުރުމަށް ހަމަޖެހިފައިވާ އިރު ކޮވިޑުގެ ހާލަތުގައި ބިދޭސީ ޓީޗަރުންނަށް ގައުމުތަކަށް ދެވެނީ ޕީސީއާރު ނެގެޓިވް ޓެސްޓު އޮވެގެންކަމަށެވެ.

އެހެން ކަމުން ހެލްތު މިނިސްޓްރީގެ ހަރަދުގައި 1800 ޓީޗަރުންގެ ޕީސީއާރު ޓެސްޓު ހެދުމަށް ޓީޗަރަކަށް 700 ރުފިޔާގެ ރޭޓުން ޖުމްލަ 1،260،000 ރުފިޔާ ހަރަދުވާތީ އެފައިސާ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަކަށް ނުވާތީ އެ ފައިސާ ހަމަޖެއްސުމަށް ދަތިތަކެއްް ކުރިމަތިވެދާނެތީ އެ ފައިސާ މާފުކޮށް ޓީޗަރުންގެ ޕީސީއާރު ޓެސްޓު ހެދުމުގެ ކަންކަން ހަމަޖައްސައި ދިނުމަށެވެ.

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް 1.78 ބިލިއަނަށް އަރާފައެވެ.