Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މިއޮޑީގެ މިސްރާބަށް އަދި ދުވެއްޔަށް ބަދަލެއް ނާންނާނެ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު - ފޮޓޯ: މަޖިލިސް

އެމްޑީޕީގެ މިސްރާބަށް އަދި ދުވެެއްޔަށްވެސް ބަދަލެއް ނާންނާނެކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރި ޓްވީޓެއްގައި ހަސަން ލަތީފް ވަނީ ޕާޓީގެ މެމްބަރުންނަށް މަރުހަބާ ކިޔާފައެވެ. އަދި އެމްޑީޕީ މިހާހިސާބަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެސްވެއެވެ.

މީގެ އިތުރުން ހަސަންގެ ޓްވީޓްގައި ބުނެފައިވަނީ، "މި އޮޑީގެ މިސްރާބަށސް އަދި ދުވެއްޔަށް"ވެސް ބަދަލެއް ނާންނާނެކަމަށެވެ.

އެމްޑިޕގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދުވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެމްޑީޕީގެ ހަރުގެ އަދި އޮފީހުގައި ދިދަ ނަގާފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ޖުލައި 24 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓިގެ އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ.