Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ޖުލައި 15 ގައި

ބީއެމްއެލް ހެޑް އޮފީސް - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ 2020 ވަނަ އަހަރީ އާންމު ޖަލްސާ ޖުލައި 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދީފައިވާގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖުލައި 15 ވަނަ ދުވަހު 10 ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށެވެ.

މި އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނަށް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން 13 ޖުލައި ގެ ނިޔަލަށް ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުލުވާލާފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އެގޮތުން ރަޖިސްޓްރީވުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީވުމަށް އެދޭ ފޯމު ބީއެމްއެލްއަށް ހުށައަޅައިގެންވެސް ރަޖިސްޓްރީ ވެވޭނެކަމަށް ބުނެފައިވެއެވެ.

އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށައެޅުމަށެވެ.