Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ރާއްޖޭގައި އަންހެނުން ހިތާނު ކުރުމަށް ޖާގަ ދީގެން ނުވާނެ: ޝަހީދު

ޑރ.އަހުމަދު ޝަހީދު

ރާއްޖޭގައި އަންހެނުން ހިތާނު ކުރުމަށް އެއްވެސް ވަރަކަށް ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޝަހީދު ކުރެއްވި ޓްވީޓެެގައި ވިދާޅުވެފައިވަނީ، ދިވެހި ފަސްގަނޑުގައި "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) އަށް އެއްވެސް ވަރަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.

އަދި އެކަން ޤާނޫނަކުން މުޅިން މަނާކޮށް، އަމަލީ ގޮތުން ފުހެލުމަކީ ޤާނޫނީ ޒިންމާއެއްކަމަށްވެސް ޝަހީދު ވިދާޅުވެފައިވެއެވެ.

އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދީ ޑރ. މުހައްމަދު އިޔާޒް ޓްވީޓް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ބެލުމަށް ހުށަހަޅާފައިވެއެވެ.

އަދި އަންހެނުން ހިތާނު ކުރުމަކީ ދީން ދަންނަކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ.