މިއަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް 500،406 ޓޫރިސްޓުން ވަނީ ރާއްޖެއައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވަނީ ދާއިރާގެ ހުރިހާ ފަރާތްތަކަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަހަރަށް ބައިމިލިއަން ޓޫރިސްޓުން ރާއްޖެ އައުމާގުޅިގެން، ލާމަސީލު ދިވެހިރައްޔިތުންނަށް، އިންޑަސްޓްރީޕާޓުނަރުންނަށް، ހާއްސަކޮން އިންޑަސްޓުރީ މުވައްޒަފުންނަށް އަދި ހެލްތުޓީމުތަކާއި ވޮލެންޓިއަރުނަްނަށް މަރުހަބާ އަދި އައްސަރިބަހާ ސާބަސް. ފަަތުރުވެރީންނަށް ޝުކުރާއި ސާބަސް.
— Abdulla Mausoom (@Mausoom_Maus) June 26, 2021
ތަފާސް ހިސާބުތައް ދައްކާގޮތުން މިދުވަސްވަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިޔާއިންނެވެ.