ގްލޯބަލް ލިންކް ޗެލެންޖްގެ ސެމީ ފައިނަލް ފުރަތަމަ މެޗްގައި މީދޫ އެކުވެރިންގެ ޗެއިން 6-1 ލަނޑުން ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިފޭދޫ ދަތުރުކޮށްފިއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު 4 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މުހައްމަދެވެ.
2 ވަނަ ލަނޑު މެޗްގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ރިޒުވާނެވެ. އަދި 3 ވަނަ ލަނޑު 41 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ރިޟުވާންއެވެ.
ފުރަތަމަ ހާފް ނިމުނީ 3-0 ލަނޑުން ދި ފޭދޫ ލީޑުގައި އޮވެއެވެ. އިއްޔެގެ މެޗް ފެށުމުގެ ކުރިން ބޯކޮށް ވާރޭ ވެހި ފެންގަނޑު ހެދިފައި އޮތުމުގެ ސަބަބުން މީދޫ ޓީމަށް ފުރަތަމަ ހާފްގައި ގިނ ގޯސްތަކެއް ހެދުނުތަން ފެނިގެންދިޔައެވެ.
މެޗްގެ ހަތަރުވަނަ ލަނޑު 49 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބް ކޮށްދިނީ ދި ފޭދޫ ޓީމަށް ކުޅޭ ވިކްޓްރީގެ ކީޕަރު މުހައްމަދު ފައިސަލްއެވެ. މެޗްގައި ޖެހި 5 ވަނަ ލަނޑާއި 6 ވަނަ ލަނޑު މެޗްގެ 73 ވަނަ މިނިޓާއި 94 ވަނަ މިނިޓްގައި ޖަހާފައިވަނީ އަހުމަދު ޝިޔާޒެވެ.
މިމެޗްގައި ޗޭނުޖަމްއިއްޔާގެ ޓީމަށް ކާމިޔާބުކުރެވުނު ލަނޑަކީ މެޗްގެ 95 ވަނަ މިނިޓްގައި ދިފޭދޫޓީމްގެ ޖަނާ ކުރި ފައުލަކާގުޅިގެން ރެފްރީ އޭނައަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމަށްފަހު ދިން ޕެނަލްޓީއަކުން ޠޯހާ މުހައްމަދު (ޓޯޓީ) ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މިމެޗުން 6 ލަނޑު އެއްލަނޑުން ޗޭނުޓީމު ބަލިވިކަމުގައިވިޔަސް މުޅިމެޗްގައި ފޭދޫޓީމަށްވުރެ ރަގަޅަށް ކުޅެފައިވަނީ ޗޭނުގެ ޓީމްކަން ފާހަގަކޮށްލެވުނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިފޭދޫގެ އަހުމަދު ރިޟުއާންއެވެ.
ސެމީގެ ދެވަނަ މެޗްގައި މިއަދު ހަވީރު ކުޅޭނީ މީދޫ މުލިމަތި ޔުނައިޓެޑް އާއި ހިތަދޫ މަލްޓި ޖީނިއަސްއެވެ.