Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަދަބު ދިނަސް ފަތުވާ ބަދަލެއް ނުކުރާނަން"

ޑރ. މުހައްމަދު އިޔާޒް

އަންހެން ކުދިން ހިތާނު ކުރުމާ ގުޅޭގޮތުން ދެއްކި ވާހަކަތައް ބަދަލުނުކުރާނެކަމަށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދީ ޑރ. އިޔާޒް ކުރި ޓްވީޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. އަދި އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދުދެއްވާ ޑރ. އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަދަބު ދިނަސް ފަތުވާ ބަދަލުނުކުރާނެކަމަށެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދީ ޑރ. އިޔާޒް ޓްވީޓް ކުރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަހުމަދު ވަނީ އެއީ ދީނުގައި އޮތްކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި ޑރ. އިޔާޒް ހުރި މަޤާމުގެ ގޮތުން އެވާހަކަ ދައްކާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ އިޔާޒަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ