އެމްޑީޕީގެ ތެރެއިން މިހާރު ފެނިގެންދަނީ އާއިލީ ތަޅާފޮޅުމެއްގައި ވެރިކަމާ ބައްދާ މަންޒަރު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވާ މޫސަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، އެމްޑިޕީގެ ހަޔާތުން 16 އަހަރު ފާހަގަކުރަމުން އަންނައިރު، ޕާޓީގެ މާޒީ ހަނދާންނެތި، އުފެއްދި މަގުސަދު ހަނދާންނެތިފައިވާކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި މިއަދު ފިތުނަޔާއި ހުދުމުހުތާރުކަން ކުރިއަށްނެރެ އާއިލީ ތަޅާފޮޅުމަކަށްވެ ވެރިކަމާ ބައްދާ މަންޒަރު ފެންނަކަމަށްވެސް މޫސަ ވިދާޅުވިއެެވެ.
MDP ގެޙަޔާތުން16 އަހަރު ފާހަގަކުރަމުންދާއިރުޕާޓީގެ މާޒީ ކުޑަކޮށްވެސްހަނދާނެތި އެމަޤްސަދަކަށްޓަކާ ޕާޓީއުފެއްދި މަޤްސަދާ ދުރަށްގޮސް ފިތުނަޔާ ޚުދުމުޚްތާރުކަން ކުރިޔަށްނެރެ ޢާއިލީ ތަޅާފޮޅުމަކަށްވެ ވެރިކަމާ ބައްދާ ބައިބައިވާ މަންޒަރު މިފެންނަނީ ހިތާމަހުރި
— Moosa Maniku (Reeko) (@ReekoMoosa) June 26, 2021
މޫސަ ވިދާޅުވީ އެމްޑީޕީގެ 16 އަހަރު ތެރޭގައި ހިނގަންޖެހުނީ ނުތަނަވަސްކަމުގެ ތެރޭގައި ކަމަށާއި، އެތައްބައެއްގެ ގުރުބާނީ ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި ފޭރިގެންފައިވާކަމަށެވެ.
16އަހަރުވެސް ނުތަނަވަސްކަމުގެތެރޭގަ އެމްޑީޕީ ހިންގަން ޖެހުނީ. ޚުދްމުޚްތާރު ވެރިކަމެއްގާ ވަކިބައެއްގެ މިލްކެއްގެގޮތުގާ އެތަށްބައެއްގެ ބުރަމަސައްކަތާ ޤުރުބާނީފޭރިގަތީމަ.
އަޅުވެތިކަމާއަނިޔާއިން މިންޖުވުމަށް ފެށިދަތުރުއަނބުރާގޮސްހުއްޓެންމިޖެހެނީ ފުރިތާނގަ؟— Moosa Maniku (Reeko) (@ReekoMoosa) June 26, 2021
އެމްޑީޕީގެ އަހަރީ ދުވަހާ ގުޅުވާ އެމްޑީޕީގެ މަތިފަޑިއަށް އަމާޒުކޮށް މޫސަ ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު، މޫސަ އަންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.