Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ހަމަލާގައި ޒަހަމުވި ބޮޑީގާޑުގެ ކަނދުރާގެ އޮޕަރޭޝަނެއް ކުރަނީ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑް އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް ކުރަންޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބޮޑީގާޑް އިލްހާމްގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އެގޮތުން އޮޕަރޭޝަން ކުރަންޖެހިފައިވަނީ އިލްހާމްގެ ކަނދުރާގެ ޑިސްކް ހަލާކުވެފައި ވާތީ ކަމަށްވެސް މައުލޫމާތުލިބެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ. އަދި ރައީސް ނަޝީދަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެމަނިކުފާނު ފަރުވާ ހޯއްދަވަމުން މިހާރު އަންނަނީ ޖަރުމަނުގައެވެ.