Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ރައިސް ސޯލިހަކީ ވާދަވެރިން ގޮވައިގެން މަސައްކަތްކުރުމުގެ ޤާބުލުކަން ހުރި ބޭފުޅެއް: ރިޔާޒް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ސިޔާސީ ވާދަވެރިން ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލަށް ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، މިފަދަ ބިލެއް އަންނަން މާގިނަ ދުވަސްވެސް ވެއްޖެކަމަށެވެ. ރިޔާޒް ވާހަކަދައްކަވަމުން ވަނީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ޕެންޑެމިކްގެ ހާލަތުގައި ރާއްޖެއަށް އެހީތައް ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތަސްވެސް ޝުކުރު އަދާކުރައްވާކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ބިލުގައި ފޮރިން މިނިސްޓަރަށް ބޮޑެތި ބާރުތަކެއް ހުރިކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވާ އެކަމުގެ ނަމްބޮޑުވުން ފާޅުކުރެއްވިނަމަވެސް ފޮރިން މިނިސްޓަރަކި ރައިސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކޮންމެ ބެފުޅަކު ހުންނެވިނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަނުކުރާނީ އިތުބާރު ކުރައްވާ ބޭފުޅެއްކަމަށް ދެކޭކަމަށެވެ.

އަދި މިހާރުގެ ފޮރިން މިނިސްޓަރަށް އެ ދާއިރާގެ ބާރުތައް ލިބޭގޮތަށް ބިލުފަރުމާކުރުމަށް ނިންމެވި ނިންމެވުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯީލިހްގެ ހިކުމަތްތެރިކަން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. އަދި ރައިސް ސޯލިހަކީ ވާދަވެރިންގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި ބޭފުޅެއްކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ބަޔަކަސް މައްސޫލިޔަތެއް ހަވާލުކުރާ ކަމުގައިވާނަމަ ބާރާއި އިޚްތިޔާރު ލިބެންޖެހޭނެކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ އިޚްތިޔާރާއި ބާރު ނުދީ ހަމައެކަނި މައްސޫލިޔަތު ހަވާލުކޮށްގެން މަސައްކަތް ރަނގަޅަށް ނުކުރެވޭނެކަމަށެވެ.