Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ބޭރުގެ ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ފޭދޫއަށް ގެންގޮސްފި

އެމެރިކާ އިން ފުރައިގެން ވިއެޓްނާމަށް ދަތުރުކުރަމުންދާ ހޮންކޮންގގެ "އެމް.ޓީ – ނިއު މެލޮޑީ" ނަމަކަށްކިޔާ އާގު ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައިވާކަމަސް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 21:58 ހާއިރުކަމަށެވެ.

އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ގަމުގެ އިރުން 8 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ ކޯސްޓްގާޑް ލޯންޗަށް ނަގާފަވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

އެގޮތުން އެ ބަލިމީހާއަކީ 27 އަހަރުގެ ޗައިނާގެ ރައްޔިތެއްކަމަށާއި، މި ފިރިހެން މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައި ވަނީ މިއަދު 11:27 ހާއިރު ކަމަށެވެ.