Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިންއަށް މަޖިލީހުން ރުހުން ދީފި

ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ޑރ. ހުސައިންއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ވޯޓުންނެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެލައްވަންދެން ޑރ ހުސައިން ދިޔައީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންނެވެ. ޑރ. ހުސައިން އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ކުރީގެ މިނިސްޓަރު ޒަހާ ވަހީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ.