Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އަނގޮޅިތީމު ބަނދަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިއްޖެ

ރ. އަނގޮޅިތީމު ބަނދަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓިސީސީން ބުނެފައިވަނީ އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް 24 ޖޫން 2021 ގައި ނިމިފައިވާކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި ހަފްތާ ތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.