Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ޑރ. އިޔާޒްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަނީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް

ޑރ. މުހައްމަދު އިޔާޒްގެ މައްސަލަ އިސްލާމިކް މިނިސްޓީން ބަލަން ނިންމައިފިއެވެ.

އަންހެން ހިތާނުކުރުމާ ގުޅޭގޮތުން ޑރ. އިޔާޒް ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ގިނަބައެއްގ ެފާޑުކިޔުން ވަނީ އިޔާޒަށް އަމާޒުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. އިޔާޒާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު އެމައްސަލައިގައި ފިޔަވަޅު އަޅާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މައްސަލަ ބެލުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރުދީ ޑރ. އިޔާޒް ޓްވީޓް ކުރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަހުމަދު ވަނީ އެއީ ދީނުގައި އޮތްކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަދި ޑރ. އިޔާޒް ހުރި މަޤާމުގެ ގޮތުން އެވާހަކަ ދައްކާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ އިޔާޒަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ