Last Updated: June 30, 11:56
Tuesday, June 30, 2026
ޚަބަރު

ޖަމީލް މެދުދާއިރާގެ ކައުންސިލަށް

އަބްދުﷲ ޖަމީލް

ޖުމްހުރީ ޕާޓީގެ ޓިކެޓްގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަށް ކުރިމަތިލާނެ ކެންޑިޑޭޓަކީ ހިތަދޫ، ރިއާޒް، އަބްދުﷲ ޖަމީލް ކަމުގައި އެ ޕާޓީން ކަނޑައަޅައިފިއެވެ.

ދިގު މުއްދަތަކަށް ސްކޫލް ހިންގެވުމަށް އުޅުއްވި ޖަމީލް އާއި މެދު ދާއިރާއިން ވާދަ ކުރާނީ މިހާރުވެސް އެދާއިރާގެ ކައުންސިލަރުކަން ކުރަމުން އަންނަ ހުސެއިން ހިލްމީ އާއިއެވެ.

އެޑިއުކޭޝަނަލް ލީޑާޝިޕް ދައިރާއިން މާސްޓާސްއަށް ކިޔަވަމުން އަންނަ ޖަމީލް ވަނީ ރާއްޖޭގެ ދެ އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރައްވާފައެވެ.

އެގޮތުން ފ އަތޮޅާޢި އދ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރުން ވަހީދުގެ ސަރުކާރުގައި ގަން އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ކަންވެސް ޖަމީލް ވަނީ ކުރައްވާފައެވެ.