ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 އިން ވިއްކުމަށް ހަމަޖެހިފައިވާ 6,720 ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކުން ފްލެޓްގެ ޑްރާފްޓް އެއްބަސްވުމަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އެގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ޖުލައި 1 ކުރިން އެޗްޑީސީއަށް މެއިލް ([email protected]) ކުރުމަށް އެދިފައިވެއެވެ.
ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑިވެސް ހަވާލުކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.