ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ ޝަރީއަތް އެންމެ ފަހުން ކުރިއަށް ގެންދިޔަ ދުވަހު އެ ޝަރީއަތަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކުރުމަށް ޕީޖީން މަސައްކަތްކޮށް އެކަން ޔަގީން ކުރެވުނުކަން ހާމަކޮށްފައި ހަބަރެއްގެ ފޮޓޮއެއް ހިއްސާކޮށް ދިޔާނާ ވަނީ އަލީ ވަހީދުގެ ޝަރިއަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެގޮތުން ދިޔާނާ ވިދާޅުވެފައިވަނީ، ކޯޓުން ބޭރަށްދާން ދިން މުއްދަތު ހަމަވެ، ނައިސް ހުރެއްޖެނަމަ އެމީހަކު އެހެރީ ޝަރިއަތަށް ފިލައިގެންކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ.
އަދި އެގޮތަށް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތް ނިބޭއްވޭނެކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
"އަޖައިބު އަންތަރީސް ވެދާނެ. މިއީ ކިހިނެއް އޮތް ދައުލަތެއް؟" ދިޔާނާގެ ޓްވީޓްގައިވެއެވެ.
Ajaibu antharees vedhaane. Mee kihineh oiy dhaulatheh?
Courtun beyrah dhaan dhin muddhathu hamave nais hurejjenama dhen e meehaku eheree abscond kohfa. Onlinekoh thiya shareeatheh nubeyvveyne. pic.twitter.com/phFOwmZ0Cl
— Dhiyana 🎈?🌹 (@dhiyanasaid) June 29, 2021
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ޕީޖީން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.